2024 ވަނަ އަހަރުގެ ތިންވަނަ ދައުރު
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 57 ވަނަ ޖަލްސާ
އަންގާރަ 3 ޑިސެމްބަރު 2024
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/57/2024
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް މޫސާ ޒަމީރުއާ ސުވާލުކުރެއްވުން.
ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ، ޓޫރިސްޓް ރިޒޯޓް އަދި ހޮޓާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ތަބާވާންޖެހޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ އުސޫލުތައް ހުރި ގޮތުގެ ސަބަބުން، ބުރުގާ އެޅުމަށާއި، ޑީސެންޓްކޮށް ތުނބުޅި މަތިމަސް ބެހެއްޓުމަށް، މުވައްޒަފުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިންގ އަދި ހެދުންއެޅުމުގެ ޢާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން.
ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްކުރިއަށް ގެންދެވުން.
ސަރުކާރުގެ ފަރާތުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ، ބަންޑާރަނައިބުގެ އޮފީހުގެ ބިލުގެ އިބްތިދާއީ ބަހުސްކުރިއަށް ގެންދެވުން.
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA