ޖަލްސާގެ ނަން

2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/24/1/2025

ދައުރު

2025ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

އަންގާރަ 29 އޭޕްރީލު 2025 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭގޮތަށް ރިޔާސަތުން ޢަމަލުކުރަމުންގެންދާ ގޮތާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދެވުން.

ސަރުކާރުގެ ފަރާތުން، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ، ބޯހިޔާވަހިކަމުގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުން.

ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ، ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެކި ފަރާތްތަކަށް ވިޔަފާރިކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުގެ ކުލީގެ ގޮތުގައި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބެމުންނުދާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން.



ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA