2025 ވަނަ އަހަރުގެ ފުރަތަމަ ދައުރު
2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާ
ބުރާސްފަތި 15 މޭ 2025
1:30
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/32/1/2025
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 229 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުން. މިނިސްޓަރުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާހެއްނުވި.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ފާސްކުރެއްވުން.
ބަންޑާރަނައިބުގެ އޮފީހުގެ ބިލު (ރިޕޯޓު ނަންބަރު M20/R/JD/2025/03)، އިތުރަށް ފުރިހަމަކުރުމަށް ރައްޔިތުންގެ މަޖިލީހުން އަނބުރާ ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން، އެ ބިލު ޖުޑީޝިއަރީ ކޮމިޓީން އަލުން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، މަޖިލީހުން ގެންނެވި އިޞްލާޙާއެކު ބިލު ފާސްކުރެއްވުން.
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ފާސްކުރެއްވުން.
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުން ފާސްކޮށްފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA