2025 ވަނަ އަހަރުގެ ދެވަނަ ދައުރު
2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާ
ހޯމަ 21 ޖުލައި 2025
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/17/2/2025
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިންގ މަޝްރޫޢުއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެންދިޔުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވައި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން.
ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 117 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި އަލްފާޟިލާ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި، މ. މާފުށީގެ، އަލްފާޟިލާ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު 5 އަހަރަށް އިތުރުކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވުން.
2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާ
21 ޖުލައި 2025
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA