2025 ވަނަ އަހަރުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ

2025 ވަނަ އަހަރު ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ (5)

ހޯމަ 15 ސެޕްޓެމްބަރު 2025

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/2025/20/ޚޞ/5

ޖަލްސާގެ ޚުލާސާ

ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ފާސްކުރެއްވުން.

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA