2025 ވަނަ އަހަރުގެ ތިންވަނަ ދައުރު
2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާ
ބުދަ 8 އޮކްޓޯބަރު 2025
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/4/3/2025
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާންއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުތަކުގެ ޖަވާބު އިއްވެވުން.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން.
މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ހުށަހަޅުއްވާފައިވާ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްޞަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ތަޙްޤީޤުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލައި ހުށަހަޅުއްވާފައިޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދެވުން.
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް 2 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، ބ.ތުޅާދޫ/ ގުލްބަހާރުގެ، އަލްއުސްތާޛު އިބްރާހީމް ޢަފީފު އަދި ދ.މީދޫ/ އަކިރިވިލާ، އަލްއުސްތާޛާ ޝަވްފާ އިބްރާހީމް ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވުން.
ބަލައިގަތުމަށް ފާހެއްނުވި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާ
8 އޮކްޓޯބަރު 2025
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA