2025 ވަނަ އަހަރުގެ ތިންވަނަ ދައުރު

2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާ

އަންގާރަ 14 އޮކްޓޯބަރު 2025

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/6/3/2025

ޖަލްސާގެ ޚުލާސާ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދުއާ ސުވާލުކުރެއްވުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) ވަނަ ނަންބަރާއި، 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ދިވެހިރާއްޖެއިން ބަލައިގަނެ ތަޞްދީޤުކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ސަރުކާރުގެ ފަރާތުން، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2026 ވަނަ އަހަރުގެ ބަޖެޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން.

ފޮޓޯ ގެލަރީ

2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާ

14 އޮކްޓޯބަރު 2025

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA