2025 ވަނަ އަހަރުގެ ތިންވަނަ ދައުރު

2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާ

އަންގާރަ 21 އޮކްޓޯބަރު 2025

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/9/3/2025

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 24/2014 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން.

ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 3 މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށްޓަކައި ފޮނުވާފައިވާ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ކޮމިޓީން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ތިން ނަންފުޅު މަޖިލީހުން ފާސްކުރެއްވުން.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަތުމާ ގުޅޭގޮތުން ވޯޓަށް އެއްސެވުން. މި ބިލު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ލޭ ހޯދުމަށް ނުހަނު ދަތިވާކަން ފާހަގަކޮށް، އެ މައްސަލަ ހައްލުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު ބަލައިގަތުމާ ގުޅޭގޮތުން ވޯޓަށް އެއްސެވުން. މި ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި.

ސަރުކާރުގެ ފަރާތުން، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ބަލައިގަތުން.



ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ފޮޓޯ ގެލަރީ

2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާ

21 އޮކްޓޯބަރު 2025

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA