2025 ވަނަ އަހަރުގެ ތިންވަނަ ދައުރު

2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާ

ބުދަ 22 އޮކްޓޯބަރު 2025

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/10/3/2025

ޖަލްސާގެ ޚުލާސާ

ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާ ސުވާލުކުރެއްވުން.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާ ސުވާލުކުރެއްވުން.

ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޢައްޔަންކުރުމާގުޅޭ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ، ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން 4000 ފްލެޓުތަކުގެ ޙައްޤުވެރިންގެ ތެރެއިން ގިނަ ބަޔަކަށް ފްލެޓު ޙަވާލުކުރުން ލަސްކުރަމުންދާ ދިޔުމާއި، ބިންވެރިޔާ މަޝްރޫޢުގެ ފުރަތަމަ ސްކީމުގެ ދަށުން ހިއްކަމުންދިޔަ ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް 3 ގެ މަސައްކަތް ނުނިންމައި، އަދި ގެދޮރުވެރިޔާއާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ހުޅުމާލެއިން ފްލެޓާއި އުތުރު ތިލަފަޅުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ޙައްޤުތަކަށް ބެލުމެއްނެތި، ރަސްމާލެ މަޝްރޫޢަށް އިސްކަންދެމުންދާ ދިޔުމުގެ ސަބަބުން ދިވެހި އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤު ގެއްލިގެންދާ ދިޔުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންނަށް އާސަންދައިގެ ޚިދުމަތް ނުލިބޭކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައި، ޤަރާރު މަޖިލީހުން ބަލައިގަތުން.

ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 24/2014 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުން.




ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA