2025 ވަނަ އަހަރުގެ ތިންވަނަ ދައުރު
2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާ
ހޯމަ 27 އޮކްޓޯބަރު 2025
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/11/3/2025
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީންއާ ސުވާލުކުރެއްވުން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ކަނޑައެޅުއްވުން.
ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޢައްޔަންކުރުމާގުޅޭ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ހ. ޓޫހާރޓްސް، އަލްފާޟިލް މުޙައްމަދު ފަރުޞަތު އެ ކޮމިޝަންގެ ރައީސްކަމަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވުން.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ގުޅޭގޮތުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ރިޕޯޓުގެ 5 ވަނަ ނަންބަރުގައި އެ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުންތައް މަޖިލީހުން ފާސްކުރެއްވުން.
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA