2025 ވަނަ އަހަރުގެ ތިންވަނަ ދައުރު
2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާ
އަންގާރަ 4 ނޮވެމްބަރު 2025
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/15/3/2025
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެންޓިގާ އެންޑް ބާބިއުޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ހުށަހަޅުއްވާފައިވާ، ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުޞަތު ނުދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އުވާލުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.
ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން.
ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ، ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން 4000 ފްލެޓުތަކުގެ ޙައްޤުވެރިންގެ ތެރެއިން ގިނަ ބަޔަކަށް ފްލެޓު ޙަވާލުކުރުން ލަސްކުރަމުންދާ ދިޔުމާއި، ބިންވެރިޔާ މަޝްރޫޢުގެ ފުރަތަމަ ސްކީމުގެ ދަށުން ހިއްކަމުންދިޔަ ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް 3 ގެ މަސައްކަތް ނުނިންމައި، އަދި ގެދޮރުވެރިޔާއާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ހުޅުމާލެއިން ފްލެޓާއި އުތުރު ތިލަފަޅުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ޙައްޤުތަކަށް ބެލުމެއްނެތި، ރަސްމާލެ މަޝްރޫޢަށް އިސްކަންދެމުންދާ ދިޔުމުގެ ސަބަބުން ދިވެހި އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤު ގެއްލިގެންދާ ދިޔުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށް ގެންދެވުން.
ބަލައިގަތުމަށް ފާހެއްނުވި
ބަލައިގަތުމަށް ފާހެއްނުވި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA