ތަޢުޒިޔާ

1968 - 2021

ޙުސައިން ވަޙީދު

ތަޢާރަފް

އަލްމަރްޙޫމް ޙުސެއިން ވަޙީދު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގެ ހުވާކުރެއްވީ 29 މޭ 2019 ގައެވެ. އެމަނިކުފާނު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި (28 މޭ 2009 އިން 27 މޭ 2014 އަށް) ވެސް ކޮމަންޑޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

އަލްމަރްޙޫމް ޙުސައިން ވަޙީދުއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެކެވެ. އެގޮތުން، 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސުލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ޙުސައިން ވަޙީދު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އަލްމަރުޙޫމް ޙުސައިން ވަޙީދު ސިފަކުރެއްވީ، އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައެވެ.

"މެންބަރު ޙުސައިން ވަޙީދުއަކީ ދިވެހިރާއްޖޭގަ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަށް އަނބުރާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި އިޙްލާސްތެރި ބައިވެރިއެއް. އެމްޑީޕީގެ ވަރުގަދަ ތަނބެއް." ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހާއި ދައުލަތަށް އިހްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ޙުސައިން ވަޙީދު އަވަހާރަވުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެކެވެ.

ޙުސައިން ވަޙީދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުއާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި އިޙްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. އަލްމަރްޙޫމް ޙުސައިން ވަޙީދުގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، މަރްޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން!

ތަޢުޒިޔާގެ މެސެޖުތައް
ާޢަލީ ފައިސަލް
ސޯސަންވިލާ، ލ. މާބައިދޫ

މަރުހޫމަށް ހެޔޮދަރުމަ ދެއްވައި ޖަންނަތުލް ފިރުދައުސު މިންވަރުކިރައްވާންދޭވެ. ޢާއިލާއަށް ކެއްތެރިކަންދެއްވައި ސޯލިހު ބައެއްކަމުގައި ލައްވާށި… - އެމް.ޑީ.ޕީ މާބައިދޫ ފޯކަލް -


ޝަމްޢޫން
ރަށް

މަޖިލީހުން ފެންނަ ފެނުމުގައިވެސް ވާހަކަ ދެއްކުމުގައިވެސް މަޑުމައިތިރި މާތް ގޮތެއް ހުންނަ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. މާތް ﷲ ޙުސައިން ވަހީދުގެ އަށް ހެޔޮރަޙްމަތް ލާއްވާށި . އާމީން


އަހުމަދު ޝަފީގް
ދަފްތަރު ނަންބަރު ރސ 14455

ހުސެންއަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ އަދި އެންމެނާއި ގުޅޭ ބޭފުޅެއް.ރާއްޖޭގެ އިސްލާހީ މަސައްކަތާއި ޑިމޮކްރެޓިކް ވެރިކަމެއް ގެނެސް ރައްޔިތުންގެ ބާރުވެރި ކަމާއެކު ކުރެޥޭ ވެރިކަމުގެ ނިޒާމަކަށް އަބަދުވެސް ވަކާލާތުކުރެއްވި ބޭފުޅެއް.ހުސެންގެ ވަކިވުން އެއީ މުޅި ދިވެހިގައުމަށް ލިބިގެންދިޔަ ހިތާމަޔެއް އަދި ފޫނުބެދޭނެ ގެއްލުމެއް.މާތް ﷲ އެމަރުހޫމުގެ ފުރާނައަށް ހެޔޮ ރަހުމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށިއެ.އާމީން


  • ތަޢުޒިޔާގެ މެސެޖު

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA