ޚަބަރާއި އިވެންޓްސް

ސްރީ ލަންކާގެ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

7 ނޮވެމްބަރު 2019 10:00

ސްރީ ލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮހޯނާ ވަލައްވެ ނިމާލް ދަރްމަކީރްތި ކަރުނަރަތްނޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ، ކުރިއަށްއޮތްތަނުގައި ގުޅުން އިތުރު ދާއިރާތަކުން ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ސްރީލަންކާ ސަފީރު ހިޒް އެކްސެލަންސީ ކޮހޯނާ ވަލައްވެ ނިމާލް ދަރްމަކީރްތި ކަރުނަރަތްނޭ ދެއްކެވި ވަހަކަފުޅުގައި ލަންކާ ރައްޔިތުންނާއި ދިވެހިންނާ ދެމެދު ވަރަށް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވާ، ގުޅުން އެކިދާއިރާތަކުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ. އަދި މިކަމުގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދެއްވާ އެއްބަރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA