ރައްޔިތުންގެ މަޖިލީހުގެ ރައީސް މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ކައުންސިލަރސްގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

12 ނޮވެމްބަރު 2025 20:47

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ކައުންސިލަރސްގެ ރައީސް، އޮނަރަބަލް މުޙައްމަދު ވުލްދު އައްރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.


އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) ގެ ހަވާސާގައި ބޭއްވުނު މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

 

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހާއި މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން ވަރަށް އަވަހަށް މޯލްޑިވްސް-މޮރޮކޯ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމުގެ މަސައްކަތްކުރައްވާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. 


ލިޔުން ޝެއަރ ކުރުމަށް

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA