ކަލާފާނު ސްކޫލުގެ ދަރިވަރުންނަށް މޮކް ޕާލިމެންޓް ޕްރޮގްރާމެއް ފަށައިފި

3 އޮކްޓޯބަރު 2026 19:42

ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ކަލާފާނު ސްކޫލް ގުޅިގެން ކުރިއަށްގެންދާ "މޮކް ޕާލިމެންޓް" ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމްގައި ކަލާފާނު ސްކޫލުގެ ގްރޭޑް 8ގެ 50 ދަރިވަރުން ބައިވެރިވެއެވެ.


ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މަޖިލީހުގެ މަސައްކަތްތަކާއި އިޖުރާއަތްތަކާ ގުޅޭގޮތުން ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ 3 ސެޝަންގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރާއި މަސްއޫލިއްޔަތުތަކާއި، ޤާނޫނު ހެދުމުގެ މަރުހަލާތަކާއި، ބިލުތައް ތައްޔާރުކޮށް ބަހުސްކުރުމުގެ އިތުރުން ވަޒީރުންނާ ސުވާލުކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދެވޭނެއެވެ.އަދި، މި ޕްރޮގްރާމުގެ އެންމެ ފަހު ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޮކް ޕާލިމަންޓް ސެޝަންގައި، މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދާނެ ގޮތް އަމަލީގޮތުން ދަރިވަރުން ދައްކުވައިދޭނެއެވެ.


މޮކް ޕާލިމެންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި، މަޖިލީހުގެ ނިޒާމުތައް ހިނގާގޮތް އަމަލީ މާހައުލެއްގައި ތަޖުރިބާކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދިނުމެވެ.


ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ޓެގްތައް
ޕާލިމެންޓަރީ އެޑިޔުކޭޝަން
ގުޅުންހުރި ފޮޓޯތައް

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA