ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހެޑް އޮފް ކޯޕަރޭޝަން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި

25 ނޮވެމްބަރު 2019 12:33

ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހެޑް އޮފް ކޯޕަރޭޝަން، ހިޒް އެކްސެލެންސީ މިސްޓަރ ފްރޭންކް ހެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި މިބައްދަލުވުމުގައި، ރާއްޖޭ ޖުޑީޝިއަރީ އިޞްލާޙް ކުރުމަށް ކުރައްވަމުންދާ މަސައްކަތް، ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ. މި ބައްދަލުވުމުގައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހެޑް އޮފް ކޯޕަރޭޝަން، ހިޒް އެކްސެލެންސީ މިސްޓަރ ފްރޭންކް ހެސް ވަނީ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ހިއްސާކުރައްވާފައެވެ. އަދި، ރާއްޖޭގެ ޖުޑީޝިއަރީ އިޞްލާޙް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަން ލިބޭނެކަން ފާހަގަކުރައްވައި، އެކަމުގައި ކުރިއަށް ދެވިދާނެގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. -ނިމުނީ - އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު ޑިރެކްޓަރ، މީޑިއާ | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: mvpeoplesmajlis@
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA