އޮންލައިންކޮށް ބޭއްވި ފުރަތަމަ ޖަލްސާ މިއަދު ބާއްވައިފި

30 މާރިޗު 2020 14:00

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށްގެންދަން ފަށައިފިއެވެ. އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތަށް، މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މިއަދު ހެނދުނު 11 ގައި ވަނީ ބާއްވާފައެވެ. މި ޖަލްސާގައި މެދުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާޘިމް ހުށަހެޅުއްވި ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޛުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޖަލްސާގައި ބައިވެރިވެވަޑައިގަތީ އެބޭފުޅުންގެ ގެކޮޅުގައި ތިއްބަވައިގެންނެވެ. އެހެން ނަމަވެސް، ޖަލްސާއަށް ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރުމާއި، ވޯޓުދިނުމާއި، އަދި އެހެނިހެން މަސައްކަތްތައް ޖަލްސާގައި ކުރިއަށް ގެންދެވިއެވެ. ------------------ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޞިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA