އިނގިރޭސިވިލާތުގެ ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންއިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުންނަށް ބާއްވާ 3 ދުވަހުގެ މަސައްކަތު ބައްދަލުވުން، "ޕީއޭސީ ސްކްރޫޓިނީ ވޯރކްޝޮޕް" މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތުބައްދަލުވުމަކީ، މާލިއްޔަތު ކޮމިޓީއަށް ޚާއްސަކޮށްގެން މާލިއްޔަތާ ގުޅޭ ކަންކަމުގައި މަޝްވަރާކުރުމާއި މަޢުލޫމާތު ހޯދުމުގެ އެކިއެކި ގޮތްގޮތް ދެނެގަނެ، މިހާރު ދިމާވާ އުދަގޫތަކާއި ދަތިތަކަށް ހައްލެއް ހޯދުމަށް އެހީތެރިވުމަށް ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންއިން ބާއްވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުންނާއި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ދަޢުވަތަކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންގެ އިތުރުން ސްރީލަންކާ އަދި ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ ބޭފުޅުން ބައިވެރިވެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3032636 އީމެއިލް: media@majlis.gov.mv ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: @mvpeoplesmajlis