ޚަބަރާއި އިވެންޓްސް

މުޙައްމަދު ރާޝިދު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

9 ފެބްރުއަރީ 2022 09:00

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިފާ ކޮމަންޑޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަލްފާޟިލް މުޙައްމަދު ރާޝިދު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މެންބަރުކަމުގެ ހުވާ ރާޝިދު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ. އެމަނިކުފާނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޙުސްނުއް ސުޢޫދުއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެ ދާއިރާގެ މެންބަރު ޙުސައިން ވަހީދު މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

                                      ______________

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3032636 އީމެއިލް: [email protected] ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: @mvpeoplesmajlis

ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA