ޚަބަރާއި އިވެންޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2022 10:42

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންގޓަނަށް މިއަދު ފުރާ ވަޑައިގަންނަވާނެއެވެ.

މިއަދުން ފެށިގެ ން މިމަހުގެ 16 އަށް ރައީ ސް ނަޝީދު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް )އައިއެމް އެފް( އާއި ވާރލްޑް ބޭންކްގެ އަހަރީ ޖަލްސާއާއެކު ބާއްވާ ކްލައިމެޓް ވަލްނަރަބްލް 20 ޤައުމުގެ (ވީ20)ގެ މާލީ ވަޒީރުންގެ 9 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ވަލްނަރަބަލް ޓްވެންޓީ )ވީ 20 )ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ، މިސްޓަރ. ކެނެތް އޮފޯރި-އަޓާ ވަނީ ޚާއްޞަ ދަޢުވަތުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވާފައެވެ. މި ބައްދަލުވުމުގެ މިފަހަރުގެ ޝިޢާރަކީ " ވެން އިޒް ނައު؟" ނުވަތަ "މިހާރަކީ ކޮންއިރަކު ހެއްޔެވެ؟"

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އައިއެމް އެފް އާއި ވާރލްޑް ބޭންކް އަދި ސީ ވީއެފްގެ އިސްވެރިންނާ ބައްދަލު ކުރެއްވު މަށް ހަމަޖެހިފައިވެއެވެ.

މިވަގުތު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ (ސީވީއެފް)ގެ ވަލްނަރަބަލް ޓްވެންޓީ (ވީ20) ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވަނީ ގާނާއިންނެވެ. އަދި ދިވެހިރާއްޖެ އަކީވެސް ސީވީ އެފް ގެ މެންބަރު ޤައުމެކެވެ. އެހެންކަމުން، މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ އެންމެހާ ކަންކަން ބަލަހައްޓާނީ ރައްޔިތުންގެ މަ ޖިލީހުގެ އިދާރާއިންނާއި ސީވީ އެފްގެ އޮފީހުންނެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3032636 އީމެއިލް: mv.gov.majlis@media މަޖިލިސް ޓުވިޓަރ: mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA