ޚަބަރާއި އިވެންޓްސް

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއަށް ދިން މަރުގެ އިންޒާރާ ގުޅޭ

19 ޑިސެމްބަރު 2023 11:00

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއަށް މަރުގެ އިންޒާރު ދިނުން ހަރުކަށި ޢިބާރާތުން މި އިދާރާއިން ކުށްވެރިކުރަމެވެ.

ސޯޝަލް މީޑިއާގައި އިހަވަންދޫ ދާއިރާ މެންބަރު މުޙައްމަދު ޝިފާޢުއަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން އެ މައްސަލަ ބައްލަވައި ތަހުގީގުކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ޙިދުމަތަށް ވާނީ މި އިދާރާއިން މައްސަލަ ހުށަހަޅާފައެވެ. އަދި، އެ މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުން އެދި ދިފާޢީ ވުޒާރާއަށްވެސް ވާނީ ދަންނަވާފައެވެ.

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA