ސްރީލަންގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ޒިޔާރަތާ ގުޅޭ

14 އޯގަސްޓު 2024 23:24

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދަ ޔަޕާ އަބޭވަރްދަނާ މިމަހުގެ 11 އިން 14 އަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު މިރޭ ފުރާވަޑައިގެންފިއެވެ.


ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގައި، މަޖިލީހާއި ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.  


އޮނަރަބަލް މަހިންދަ ޔަޕާ އަބޭވަރްދަނާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ  އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން، ޤައުމީ ދާރުލްއާސާރަށާއި މާލޭގެ މުހިންމު ތަންތަން ބައްލަވާލެއްވުމަށް އެމަނިކުފާނު ޒިޔާރަތްކުރައްވާފައިވެއެވެ.   


ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1965 ގައެވެ.


ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA