ޗައިނާގެ ކޮމިއުނިސްޓް ޕާޓީ މިއުޒިއަމަށް މަޖިލީހުގެ ރައީސް ޒިޔާރަތްކުރައްވައިފި

19 އޯގަސްޓު 2024 23:30

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ޗައިނާގެ ކޮމިއުނިސްޓް ޕާޓީ މިއުޒިއަމަށް ޒިޔާރަތް ކުރައްވައިިފިއެވެ.


އެމަނިކުފާނު މިއުޒިއަމް އޮފް ދަ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާއަށް ޒިޔާރަތް ކުރެއްވީ މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިމަހުގެ 18 އިން 23 އަށް މަޖިލީހުގެ ރައީސް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ބެއިޖިންގ ގައި ބާއްވާ އިންޓަރ ރީޖަނަލް ސެމިނަރ އޮން އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޮރ ޕާލަމެންޓްސް އޮފް ޑިވެލޮޕިންގ ކަންޓްރީސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


ޗައިނާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި މަޖިލީހުގެ ރައީސް އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އާއި ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގަންނަވައެވެ.

ލިޔުން ޝެއަރ ކުރުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA