ސީ.ޕީ.އޭ.ގެ ސަރަޙައްދީ މަންދޫބުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިޚާބުވެވަޑައިގެންފި

7 ނޮވެމްބަރު 2024 15:04

މިހާރު އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ 67 ވަނަ ކޮމަންވެލްތް ޕާލިމެންޓަރީ ކޮންފަރަންސް (ސީ.ޕީ.ސީ.) ގައި ސީ.ޕީ.އޭ.ގެ އޭޝިއާ ސަރަޙައްދުގެ، ސަރަޙައްދީ މަންދޫބުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް އިންތިޚާބުވެވަޑައިގެންފިއެވެ.


ސީ.ޕީ.އޭ.ގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ ސަރަޙައްދީ މަންދޫބުންނަކީ އެސޯސިއޭޝަންގެ ހަރަކާތްތައް ހިންގުމާއި، ސަރަހައްދުތަކުގެ މަސްލަހަތު ފައިދާހުރި ގޮތެއްގައި ތަމްސީލުކުރޭތޯ ބެލުމުގައި މުހިންމު ދައުރެއް އަދާކުރާބައެކެވެ. ސަރަހައްދީ މަންދޫބުންގެ ދައުރު ދެމިގެންދަނީ 3 އަހަރަށެވެ. އަދި، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ބައިވެރިވުމާއި، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން، ސަރަޙައްދީ މަންދޫބުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. 


ލިޔުން ޝެއަރ ކުރުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA