ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

17 ޖޫން 2025 14:00

9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯއާއި 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ޗައިނާގެ ކުންމިންގއަށް ފުރާވަޑައިގެންފިއެވެ.


މި ދަތުރުފުޅުގައި، ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްއާއި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި އޮނަރަބަލް އަޙްމަދު ނާޡިމް ތަޤްރީރުކުރައްވާނެއެވެ.


އޮނަރަބަލް އަޙްމަދު ނާޡިމްގެ މި ދަތުރުފުޅަކީ ޗައިނާއިން ހުރިހައި ޚަރަދެއް ދޭގޮތަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. 


މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ބައިވެރިވެވަޑައިގަންނަވައެވެ.


ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 17އިން 21އަށް ޗައިނާގެ ކުންމިންގގައެވެ. 


ލިޔުން ޝެއަރ ކުރުމަށް

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA