ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަމާލުކަމަށް، އެ ދާއިރާއެއްގެ ރައްޔިތުން ގެންނަން ބޭނުންވާ ކަމެއްގެ މަޢުލޫމާތު ހިއްސާކުރުމަށް ޓަކައި ނުވަތަ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭ ބިލަކާ ގުޅޭގޮތުން ދެކޭގޮތް މެންބަރުންނާ ހިއްސާކުރުމަށް ޓަކައި މެންބަރުންނަށް ގުޅުއްވިދާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން މެންބަރުންނަށް އީމެއިލް ފޮނުއްވޭނެ ގޮތްތަކާއި އަދި ގުޅުއްވޭނެ އެހެނިހެން ގޮތްތަކުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. ވަކިވަކި މެންބަރުންނާ ގުޅުއްވޭނެ ގޮތުގެ ތަފުސީލު މަޖިލީހުގެ ވެބްސައިޓުގެ މެންބަރުންގެ ޕޭޖުގައި ހިމެނިފައިވާނެއެވެ. މިތަފުސީލު ހޯއްދެވުމަށްޓަކައި މެންބަރުގެ ޕޭޖަށް ޒިޔާރަތްކުރެއްވުމަށްފަހު، އެ މެންބަރެއްގެ ނަމަށް ކްލިކު ކުރެއްވުމުން ގުޅުއްވޭނެ ގޮތްތައް ފެނިވަޑައިގަންނަވާނެއެވެ.
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA