މަޖިލީހުގެ އިދާރާއިން ތައްޔާރުކޮށްފައިވާ އާންމު ރައްޔިތުންނާއި، މަދަނީ ޖަމުއިއްޔާތަކާއި، މީޑިއާއާއި، ޓީޗަރުންނާއި އަދި ދަރިވަރުންނަށް މަޢުލޫމާތު ހޯއްދެވުމަށް ބޭނުންކުރެއްވޭނެ ވަސީލަތްތައް ތިރީގައި މިވަނީއެވެ.
ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތަކަކީ، އެ މަސައްކަތްތަކުގެ މަޢުލޫމާތު ކިޔަވާކުދިންނަށް ފުރިހަމައަށް ފޯރުކޮށްދޭންޖެހޭ ކަންކަމަށް ވާތީ، ސްކޫލުތަކުގެ ސޯޝަލް ސްޓަޑީޒް މަންހަޖުގައި ދައުލަތުގެ ބާރުތަކާއި، ރައްޔިތުންގެ މަޖިލީހާ ގުޅޭ ފިލާވަޅުތައް ހިމެނިފައިވެއެވެ. މި ދެންނެވުނު މަޢުލޫމާތު ކިޔަވާކުދިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެކި ކީސްޓޭޖުތަކަށް ބޭނުންކުރެވޭނެ ގޮތަށް މުދައްރިސުންގެ ރިސޯސް ކިޓެއް ވަނީ، ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޯރ ޑިމޮކްރެސީގެ ( W.F.D ) މާލީ އެހީތެރިކަމާއި ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައެވެ. މި ކިޓުގައި މަޖިލީހާ ގުޅޭ މަޢުލޫމާތު ޝީޓްތަކާއި، ލެސަން ޕްލޭންތަކާއި އަދި މަޖިލީހުގެ މަސައްކަތްތައް ދަރިވަރުންނަށް ކިޔަވައިދޭއިރު ޓީޗަރުންނަށް ބޭނުންކުރެއްވޭނެ ޕްރެޒެންޓޭޝަންތައް ހިމެނިފައިވާނެއެވެ. މި ރިސޯސް ކިޓު ތައްޔާރުކުރެވިފައިވަނީ ސޯޝަލް ސްޓަޑީޒް ކީސްޓޭޖް 1، 2، އަދި 3ގެ މަންހަޖުގެ ސްޓްރޭންޑް 5ގެ ލަރނިންގ އައުޓުކަމުތައް ވެސް ހާސިލުވާ ގޮތަށެވެ. ސޯޝަލް ސްޓްޑީޒަކީ، ކީސްޓޭޖް 4 ގެ ދަރިވަރުން ކިޔަވާ މާއްދާއަކަށް ނުވި ނަމަވެސް، ކީސްޓޭޖް 4 އަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޕެކް، ގްރޭޑް 9 އިން މަތީގައި ކިޔަވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރެވޭނެއެވެ.
Get to Know the People's Majlis
Law Making Process in the People's Majlis
Questioning Ministers - People's Majlis
Budget Process in the People's Majlis
Oversight Function of People's Majlis
Private video
Private video
Representative Function - People's Majlis
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA