މަޖިލީހުގެ ޓުއަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދިނުމުގެ ސެޝަނަކާ އެކު، މަޖިލީހުގެ ޓުއަރއެއް ދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ. މިފަދަ ޓުއަރއަކަށް ދުވަހާއި ވަގުތު ހަމަޖެއްސުމުގެ ފުރުޞަތު ސްކޫލް، ކޮލެޖް، ޔުނިވަރސިޓީގައި ކިޔަވާކުދީންގެ އިތުރުން، އާންމު ރައްޔިތުންނަށް ވެސް ވަނީ ހުޅުވައިލެވިފައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަކާ އެކު ޓުއަރއަކަށް އެދޭނަމަ، މަޖިލީހުގެ އިދާރާއަށް ސިޓީއަކުން އެދިވަޑައިގެންނެވިދާނެއެވެ. ނުވަތަ އޮންލައިންކޮށް ބުކިންގ ފޯރމް މެދުވެރިކޮށް އެދިވަޑައިގެންނެވިދާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޕާލިމަންޓަރީ އެޑިޔުކޭޝަން ސެކްޝަނުން ޓުއަރގެ ކަންތައްތައް ކުރިއަށް ގެންދާނެއެވެ. މިފަދަ ޓުއަރއަކަށް އެދޭއިރު ތިރީގައިވާ ޕްރޮގްރާމުތަކުން ޕްރޮގްރާމެއް ޚިޔާރު ކުރެވިދާނެއެވެ.

ޕްރޮގްރާމް 1

  • ދުވަސް: ހޯމަ، އަންގާރަ އަދި ބުދަ.
  • ދިގުމިން: 1 ގަޑިއިރާއި 30 މިނެޓު.
  • ހިމެނޭ ބައިތައް : ޓުއަރއަކާ އެކު 45 މިނެޓުގެ މަޢުލޫމާތުދިނުމުގެ ސެޝަނެއް.

ޕްރޮގްރާމް 2

  • ދުވަސް: އާދީއްތަ އަދި ބުރާސްފަތި.
  • ދިގުމިން: 2 ގަޑިއިރު.
  • ހިމެނޭ ބައިތައް:  ޓުއަރއަކާ އެކު 1 ގަޑިއިރާއި 30 މިނެޓުގެ މަޢުލޫމާތުދިނުމުގެ ސެޝަނެއް.

ޓުއަރގައި ހިމެނޭ ބައިތައް

ޓުއަރގައި ތިރީގައިވާ ތަންތަނަށް ޒިޔާރަތްކުރެވޭނެއެވެ.

މަޢުލޫމާތުދިނުމުގެ ސެޝަންގައި ހިމެނޭ ބައިތައް

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA