މަޖިލީހުގެ ކޮމިޓީ މަރުޙަލާގައިވާ ބިލުތަކަށް އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން އާންމުކޮށް އިޢުލާނުކުރެއެވެ. ޚިޔާލު ހުށަހެޅުއްވުމަށްޓަކައި މަޖިލީހަށް ސިޓީ ފޮނުއްވުމުގެ އިތުރުން، އިޢުލާންގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް އީމެއިލް ވެސް ކުރެއްވިދާނެއެވެ. މިފަދަ އިޢުލާންތައް މަޖިލީހުގެ މީސްމީޑިއާގެ އެކައުންޓްތަކުން ފެނިވަޑައިގަންނަވާނެއެވެ. އިޢުލާންތަކުގެ މަޢުލޫމާތު ވަގުތުން ހޯއްދެވުމަށްޓަކައި މަޖިލީހުގެ މީސްމީޑިއާ ފޮލޯކުރައްވާ!
މަޖިލީހުގައި ހިނގާ އެހެނިހެން ކަންތައްތަކާ ގުޅޭ މަޢުލޫމާތު ވެސް މަޖިލީހުގެ މީސްމީޑިއާގެ އެކައުންޓްތަކުން ފެނިވަޑައިގަންނަވާނެއެވެ.
މަޖިލީހުގެ ތަޅުމުގައި ނުވަތަ ކޮމިޓީ މަރުޙަލާގައި ކުރިއަށްދާ ބިލެއް ނުވަތަ ހުށަހެޅުމަކާ ގުޅޭގޮތުން މަޖިލީހުގެ ފަރާތުން ޕަބްލިކް ކޮންސަލްޓޭޝަން ފޯރަމްތައް ބާއްވައެވެ. މިފަދަ ބައްދަލުވުންތަކުގައި ރައްޔިތުން އަދި މަދަނީ ޖަމުޢިއްޔާތަކުން ބައިވެރިވެލެއްވުމަކީ، ހުށަހަޅުއްވާފައިވާ ކަމަކާ ގުޅޭ މަޢުލޫމާތު އެ ފަރާތްތަކަށް ލިބި، އަދި އެ ފަރާތްތަކުގެ ޚިޔާލު ވެސް މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވުމަށް ލިބިވަޑައިގަންނަވާ ފުރުޞަތެކެވެ.
މަޖިލީހުގެ ސަމާލުކަމަށް އެއްވެސް ކަމެއް ގެންނަން ބޭނުންފުޅުވެއްޖެ ހިނދެއްގައި މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް އެކަމެއް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅުއްވިދާނެއެވެ.
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA