ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ( މަޖިލިސް ހުޅުވާ ޖަލްސާ ފިޔަވައި ) އާންމުކޮށް ހުޅުވައިލެވިގެން ބޭއްވޭ ޖަލްސާތަކެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަޑުއެއްސެވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްޞަކޮށްފައިވާ 4 މާލަން ހުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ވަގުތުތަކުގައި ޖަލްސާ އަޑުއެހުމަށް އާންމު ރައްޔިތުންނަށް މި މާލަންތަކަށް ވަދެވަޑައިގެންނެވޭނެއެވެ.
މަޖިލީހުގެ ޖަލްސާތައް ފަދައިން، މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތަކަކީ ވެސް އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. އެހެންނަމަވެސް، މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާގެ ބައެއް ނުވަތަ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ނުވަތަ ކޮމިޓީ ބައްދަލުވުމެއްގެ ބައެއް ސިއްރުކުރުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެޖަލްސާއެއް/ބައްދަލުވުމެއް އާންމުންނަށް އަދި މީޑިއާއަށް ބަންދުވާނެއެވެ.
ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރާ އާންމުން މަޖިލީހުގެ އިދާރާއަށް ވަނުމަށް ހަމަޖެހިފައިވަނީ ހުޅަނގު ފަރާތުގައިވާ މަޖިލީހުގެ އިދާރާއަށް ވަންނަ ދޮރުންނެވެ. އެ ދޮރުން ވެންނެވުމުން، ސެކިއުރިޓީ ޗެކްކުރުމަށްފަހު، ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް ސެކިއުރިޓީ ޑެސްކަށް ދައްކަންވާނެއެވެ. މިޑެސްކުންދޭ ވަގުތީ ފާސް ފެންނަން ހުންނަ ގޮތަށް ބަހައްޓަންވާނެއެވެ. ޖަލްސާ އަޑުއެހުމަށްފަހު އެނބުރި ދާއިރު މި ފާސް ސެކިއުރިޓީ ޑެސްކަށް ރައްދުކުރަންވާނެއެވެ.
ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ 3 ދައުރު އޮންނާނެއެވެ. ކޮންމެ ދައުރެއްގައި ވެސް މަޖިލީހުގެ ޖަލްސާތައް އޮންނާނީ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ 3 ދައުރަކީ:
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA