މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާތަކުގެ އަތްމަތީ ފޮތްތައް

މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާތަކަކީ އާންމުން ހޭލުންތެރިކުރުވުމާއި، ދައުލަތުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވީހިނދު، މި ފޮތްތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާ ކަންކަމުގެ ތެރޭގައި، ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ދައުރާއި މަސްއޫލިއްޔަތުތަކާއި، ޤާނޫނު ހެދުމުގެ މަރުޙަލާތަކާއި، މަޖިލީހުގެ މަސައްކަތްތަކުގައި މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާތައް އަދި އާންމު ރައްޔިތުންނަށް ބައިވެރިވެވޭނެ ފުރުޞަތުތަކުގެ މަޢުލޫމާތު ހިމެނެއެވެ.

މި ފޮތްތަކަކީ ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޯ ޑިމޮކްރަސީ (ޑަބްލިޔު.އެފް.ޑީ މޯލްޑިވްސް) ގެ އެހީތެރިކަމާއެކު އެކުލަވައިލައިފައިވާ ފޮތްތަކެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، މަޖިލީހުގެ އިދާރާއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް ސާފުކުރުމަށް މަޖިލީހުގެ އިދާރާގެ ޕާލަމެންޓަރީ އެޑިޔުކޭޝަން ސެކްޝަން (ޕީ.އީ.އެސް) ގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA