ޕެޓިޝަން ހުށަހެޅުން

މިއީ ރައްޔިތުން ދެކޭގޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ހުށަހެޅޭ ލިޔުމެކެވެ. ޕެޓިޝަން ހުށަހެޅޭނީ، މަޖިލީހުގެ މެންބަރެއް މެދުވެރިކޮށް ޕެޓިޝަން ކޮމިޓީއަށެވެ. މިއީ މަޖިލީހުގެ ގަވާއިދުން ރައްޔިތުންނަށް ލިބިދޭ ހައްގެކެވެ.

މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހުށަހަޅުއްވާ ޕެޓިޝަންގައި ފުރިހަމަނުވާނަމަ، އެޝަރުތުތައް ފުރިހަމަކުރެއްވުމަށް ފަހު އަލުން ހުށަހެޅުއްވުމުގެ ފުރުޞަތު ހުށަހަޅުއްވާ ފަރާތަށް ލިބިވަޑައިގަންނަވާނެއެވެ.

ޕެޓިޝަނެއް ހުށަހެޅުއްވުމަށް ޝައުޤުވެރިވެލައްވާ ނަމަ، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޕެޓިޝަންގެ ޝަރުޠުތައް ވިދާޅުވެލައްވާ!

ޕްޓިޝަން ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން (2024)

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA