މި ޕްރޮގުރާމަކީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އަދި އޮސްޓްރޭލިޔާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު " ޕްރެކްޓިސް ޕާލަމަންޓް ސީރީސް " ގެ ނަމުގައި 2021 ވަނަ އަހަރުން ފެށިގެން ހިންގާ ޕުރޮގުރާމެކެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ، ޒުވާނުންނާއި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، ކުރިމަގުގައި ސިޔާސީ މަގާމުތަކަށް (ވަކިން ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް) ކުރިމަތިލުމަށް ބާރުއެޅުމެވެ.
އަންހެނުންގެ މާދިރީއަކީ، 25 އަހަރުން މަތީގެ އަންހެނުންނަށް އަމާޒުކުރާ ޕުރޮގުރާމެކެވެ. އަދި ޒުވާނުންގެ މާދިރީއަކީ، 16 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕުރޮގުރާމެކެވެ.
މި ޕްރޮގްރާމަކީ، 7 ދުވަހުގެ މުއްދަތައް ހިންގޭ ޕުރޮގުރާމެކެވެ. މި ޕްރޮގްރާމްގައި ހިމެނޭ ބައިތަކަކީ:
1) މަސައްކަތުބައްދަލުވުން:
މިއީ މަޢުލޫމާތުދިނުމުގެ ސެޝަންތަކެކެވެ. މަޢުލޫމާތުދެވޭ ބައިތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ތާރީޚު، ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް، މަޖިލީހުގެ މަސައްކަތްތައް، މެންބަރުންނާއެކު ބޭއްވޭ ސުވާލާއި ޖަވާބު ސެޝަން ހިމެނެއެވެ. މި ދެންނެވު ބައިތަކުގެ އިތުރަށް ވެސް މި ޕްރޮގްރާމު މެދުވެރިކޮށް މަޢުލޫމާތުދެވޭ ދާއިރާތަކުގެ ތެރޭގައި ގުޑް ގަވަރނަންސް، ޑިމޮކްރަސީ، ޖެންޑަރ އިޝޫޒް، ކޮރަޕްޝަން، ރައިޓް ޓު އިންފޮމޭޝަން، ލާމަރުކަޒީ ނިޒާމު ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
2) ނަމޫނާ މާދިރީ:
ހުށަހެޅޭ ވަކި މައްސަލައާކާ މެދު ބަހުސްކުރުމަށް ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެކެވެ.
2024 ވަނަ އަހަރު ބޭއްވުނު އަންހެނުންގެ ނަމޫނާ މާދިރީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA