ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

16 ޖޫން 2019 21:55

ނަންބަރު

5

2019 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނާއެކު ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުން ފާހަގަކުރައްވާފައިވާ ސީރިއަސް މައްސަލަތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވާނޭހެން ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ނުފޫޒު ފޯރުވާ މައްސަލައާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި، އެ ކޮމިޝަނުން ބައްލަވައި ނިންމަވާފައިވާ މައްސަލަތަކާ ނުނިމިހުރި މައްސަލަތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވައި، ރިޕޯޓެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށް ކޮމީޓީއިން ނިންމެވިއެވެ. އަދި މި ބައްދަލުވުމުގައި، ކޮމިޓީއަށް ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣްލަބިއްޔަތުން އިސްވެ ބަޔާންކޮށްފައިވާ ރިޕޯޓު ކޮމިޓީއިން ފާސްކުރައްވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA