ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

7 ޖުލައި 2019 14:10

ނަންބަރު

11

2019 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޒު ނިހާމް ރަޝީދުއާ ގުޅޭގޮތުން 11 ޖޫން 2017ގައި، މި ކޮމިޝަނަށް ހުށަހެޅުނު ނަންބަރު 2017/06 ޝަކުވާ، ތަޙްޤީޤުކުރުމަށްފަހު އެ ޝަކުވާ ކޮމިޝަނުން ނިންމިގޮތުގެ ރިޕޯޓު، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ތަޙްޤީޤް މަރްހަލާގެ ރިކޯޑުތަކާއެކު، ހުށަހަޅުއްވާ ފޮނުއްވާފައިވާ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މި މައްސަލާގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވުމުން މި މައްސަލަ ނިންމެވުމަށް، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ތާޢީދުކުރައްވާ ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މީގެ އިތުރުން ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ސުންގަޑި އަކީ 18 ޖުލައި 2019 ކަމުގައި ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ތާޢީދުކުރައްވާ ކޮމިޓީ އަށް އެވަގުތު ހާޒިރުވެވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ޓްރެއިނިންގ އަށް ޗައިނާއަށް ފޮނުއްވަމުންގެންދަވާތީ އެކަމާ ގުޅޭގޮތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން، ކޮމިޓީގެ އެޖެންޑާގެ އެހެނިހެން ދަށުން ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA