ޖުޑީޝިއަރީ ކޮމިޓީ

2019 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

10 ޖުލައި 2019 14:05 ނަންބަރު 14

ޚުލާސާ

މި ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 22/2010(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފޮނުއްވާފައިވާ ސިޓީ ދިރާސާކުރެއްވުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދެވިއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ބިލު ފާސްކުރައްވައިފިނަމަ، ދައުލަތަށް މާލީގޮތުން ކުރިމަތިވާނެ ބުރައެއް ނުވަތަ ފައިނޭންޝަލް އިމްޕްލިކޭޝަންއަކީ ކޮބާތޯ ސާފުކުރެއްވުމަށް ބޭނުންފުޅުވާތީ، ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، މި ބިލާ ގުޅޭގޮތުން ކޮމިޓީން ކަނޑައަޅުއްވާފައިވާ ސުންގަޑި އިތުރުކުރެއްވުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހަޅުއްވާ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދްވަނީ ތާއީދުކުރައްވާފައެވެ. އެގޮތުން، އެ ބިލުގެ މަސައްކަތް ކޮމިޓީއިން ނިންމަވާނެ ސުންގަޑިއަކީ 17 ޖުލައި 2019 ކަމުގައި ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މީގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފޮނުއްވާފައިވާ ސިޓީގައި ވަރަށް ގިނަ މުހިންމު ނުކުތާތަކެއް ފާހަގަކުރައްވާފައިވާތީ، މި ސިޓީ ދިރާސާކުރެއްވުމަށް އިތުރު ވަގުތު ބޭނުންފުޅުވާކަމަށް ކޮމިޓީއިން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

15 ޖުލައި 2019

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

9 ޖުލައި 2019

އުއްތަމަ ފަނޑިޔާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA