ޖުޑީޝިއަރީ ކޮމިޓީ

2019 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

15 ޖުލައި 2019 14:10 ނަންބަރު 16

ޚުލާސާ

މި ބައްދަލުވުމުގައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކޮމިޓީން ކުރެއްވިއެވެ. މިގޮތުން ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މާލީ ގޮތުން ހުރި ދަތިތައް ސާފުކުރެއްވުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބު ލިބިފައިވާތީ، އެ ސިޓީ ބެއްލެވުމަށްފަހު، މި ޤާނޫނު ފާސްކުރުމަށް ހުރަސްތަކެއް ހުރިކަމަށް ކޮމިޓީއަށް ނުފެންނާތީ، ކޮމިޓީން މި ބިލު ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރެއްވުމަށް، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ހުށަހަޅުއްވައި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ތާއީދުކުރެއްވި ހުށަހެޅުއްވުން ކޮމިޓީއަށް އެވަގުތު ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މީގެއިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 25 ޖުލައި 2019 ކަމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އަދި ބިލުގެ މަސައްކަތް އަވަސް ގޮތެއްގައި ނިންމެވުމުގެ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ތާއީދުކުރައްވާފައިވަނީ ސަބް ކޮމިޓީއެއް އެކުލަވާލައްވައި އެ ބިލުގެ މަސައްކަތް ނިންމެވުމަށެވެ. އަދި މި ސަބް ކޮމިޓީން ބިލުގެ މަސައްކަތް ނިންމަވައި މައި ކޮމިޓީއަށް ގެންނެވުމުގެ ސުންގަޑިއަކީ 23 ޖުލައި 2019 ކަމަށް ކޮމިޓީން ކަނޑައެޅުއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

16 އޯގަސްޓު 2019

ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

15 ޖުލައި 2019

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA