ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

17 ޖުލައި 2019 16:15

ނަންބަރު

17

2019 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްސެކްޓިވް ކޮމިޓީގެ މެންބަރުންނާ ކޮމިޓީން ބައްދަލުކުރެއްވިއެވެ. އަދި އެ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ޖަވާބުދާރީވުމުގެ ކަންތައްތައް ޖުޑީޝިއަރީ ކޮމީޓީގެ މެންޑޭޓުގެ ތެރޭގައި ހިމަނުއްވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވުމަށްވެސް ކޮމިޓީން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ނިންމެވުމަށް ކޮމިޓީން ކަނޑައަޅުއްވާފައިވާ ސުންގަޑި 5 އޯގަސްޓު 2019 އަށް އިތުރުކުރެއްވުމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA