ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

26 އޯގަސްޓު 2019 12:10

ނަންބަރު

29

2019 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބާރު ޤާނޫނުއަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ ޤަރާރާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅުއްވާފައިވާ ރިޕޯޓާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވިއެވެ. އަދި، ސުޕްރީމް ކޯޓުން ޤާނޫނުއަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓު ކޮމިޓީއިން ދިރާސާކޮށް ނިންމަވާނެ ސުންގަޑިއެއް ކަމުގައި 15 އޮކްޓޯބަރ 2019 ކޮމިޓީއިން ކަނޑައެޅުއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA