ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

17 އޮކްޓޯބަރު 2019 14:00

ނަންބަރު

39

2019 ވަނަ އަހަރުގެ 39 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްއާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަންކަން ފާހަގަކުރެވިފައިވުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި އެކަމަނާ ދެމިހުރުމަކީ އެކަމާނާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭކަމަކަށްވާތީ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމެވި ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދެއްވި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު އެ ކަމަނާގެ ވޯޓު އަނބުރާ ގެންނަވާ އަދި މި ނިންމުން ކޮމިޓީއިން ނިންމަވާފައިވަނީ މިކަން ކުރަންޖެހޭ އިޖުރާއަތްތަކާއި ޚިލާފަށްކަމަށް ވިދާޅުވެ މި ނިންމުން އަނބުރާ ނެންގެވުމަށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ތާޢީދުކުރައްވާ ކޮމިޓީއަށް އެ ވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވިއެވެ. މީގެ އިތުރުން، ޤާނޫނު ނަންބަރު 9/2008(ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA