ޖުޑީޝިއަރީ ކޮމިޓީ

2019 ވަނަ އަހަރުގެ 57 ވަނަ ބައްދަލުވުން

2 ޑިސެމްބަރު 2019 12:30 ނަންބަރު 57

ޚުލާސާ

މި ބައްދަލުވުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރެއްވުމުގެ މަސައްކަތް ކޮމިޓީން ކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތާ ގުޅޭގޮތުން ޢާއްމުންގެ އެއްވެސް ޚިޔާލެއް ނުވަތަ ޝަކުވާއެއް އޮތްތޯ ބެއްލެވުމަށް ޢާއްމުކޮށް އިޢުލާނުކުރެއްވުމަށާއި، ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތާ އިންޓަވިއުކުރައްވާނެ ގަޑި ކޮމިޓީން ކަނޑައެޅުއްވިއެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަދި އެ ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުހޫރިއްޔާ ފޮނުވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކޮމިޓީން ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް އިތުރު ވަގުތު ބޭނުންފުޅުވާތީ، އެ މައްސަލަ ކޮމިޓީގެ އެހެން ބައްދަލުވުމެއްގައި އެޖެންޑާކުރައްވައި ކުރިއަށް ގެންދެވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމެވި މައްސަލައިގެ ރިޕޯޓު ކޮމިޓީން ދިރާސާކުރެއްވިއެވެ. މީގެ އިތުރުން، ތުލުސްދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަލްއުސްތާޛު އައިނާނު ޢަލީ އަދި ރ.މާކުރަތު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަލްއުސްތާޛު އަދުނާން ޙުސައިން ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމެވި މައްސަލައިގެ ރިޕޯޓުވެސް ކޮމިޓީން ދިރާސާކުރެއްވިއެވެ. އަދި، ކޮމިޓީން ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، އެ ރިޕޯޓުތައް ދިރާސާކުރެއްވުމަށްފަހު، އެ ދެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވައި ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު 10/2008(ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އާއި، އަދި އެފަދަ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އިޖްރާޢާތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

3 ޑިސެމްބަރު 2019

ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމް، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށަހެޅިފައި

3 ޑިސެމްބަރު 2019

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް މ.ގުލްފާމްގެ، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ޢައްޔަންކުރެއްވުމާގުޅޭ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށަހެޅިފައި

2 ޑިސެމްބަރު 2019

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމް ހުސްވުމާ ގުޅިގެން، އެ މަޤާމަށް މީހަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށަހެޅިފައި

2 ޑިސެމްބަރު 2019

ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޢައިނާން ޢަލީ މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާގުޅޭ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށަހެޅިފައި

2 ޑިސެމްބަރު 2019

ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަދުނާން ޙުސައިން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާގުޅޭ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށަހެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA