އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

23 ޖުލައި 2019 12:30 ނަންބަރު 6

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، 17 ޖުލައި 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 22 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، "ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު" އާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، އިސްވެ ދެންނެވުނު ޤަރާރާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް މިނިސްޓަރ ޖަވާބުދެއްވިއެވެ. މިއަށްފަހު، ޤަރާރުގެ މަސައްކަތް ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ކުރިއަށް ގެންދަވާ ގޮތަށް ނިންމެވުމަށްފަހު، މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން: ނަން މަޤާމް 1. އަލްފާޟިލާ ޒަހާ ވަޙީދު މިނިސްޓަރ 2. އަލްފާޟިލް ޙަސަން ރަޝީދު ސްޓޭޓް މިނިސްޓަރ 3. އަލްފާޟިލް އާދަމް ޒިޔާދު ޑިރެކްޓަރ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 ޖުލައި 2019

ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA