ޕެޓިޝަން ކޮމިޓީ

2020 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 5 ވަނަ ބައްދަލުވުން

14 އޭޕްރީލު 2020 13:30 ނަންބަރު 5

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، 30 މާރިޗު 2020 ގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، މި ކޮމިޓީއާ ޙަވާލުކޮށްފައިވާ އާމްދަނީ ދަށްވެފައިވާ މީހުންނާއި ދާއިރާތަކުގެ ލިސްޓެއް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ކޮމިޓީން ފޮނުވާފައިވާ ސިޓީތަކުގެ ޖަވާބު ލިބިފައިވަނީ މަދު ކައުންސިލްތަކަކުން ކަމަށްވާތީ، ސިޓީތަކުގެ ޖަވާބު ފޮނުވުމަށް އެ ކައުންސިލްތަކަށް އިތުރު ވަގުތު ދިނުމަށް ކޮމިޓީން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 މާރިޗު 2020

ކޮވިޑް-19 އާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA