ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

14 އޮކްޓޯބަރު 2019 14:00

ނަންބަރު

35

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 35 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އާއެކު ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު މައްސަލަތައް ދިރާސާކޮށް ސަބް ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓްއާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވިއެވެ. މި ރިޕޯޓާ ގުޅޭގޮތުން 2 ހުށަހެޅުއްވުމެއް ހުށަހެޅުނެވެ. 1. ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުށަހަޅުއްވާ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއިދުކުރެއްވީ ސަބް ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓް ބަލައިގަތުމަށާއި މައި ކޮމިޓީ ރިޕޯޓްގައި ކުންފުނީގެ ފައިނެންޝަލް ޙާލަތާއި ކޭޝްފްލޯ އަދި ދަރަނީގެ ތަފްޞީލް ހިމެނުމަށާއި ސަރުކާރުގެ ލޯބި ހޯދުމަށް ސީ.އެސް.އާ.ރު އަށް ސަރުކާރުން އެދޭ ކަންތައްތައް ކުރުމަށް ފައިސާ ޚަރަދުކުރުމަށް ނިންމާފައިވާ ބޯޑު ރިޒޮލިއުޝަން ބާޠިލްކުރެއްވުމަށް ހިމެނުމަށެވެ. 2. ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހަޅުއްވާ ތޮއްޑޫ ދާއިރާގެ ޙަސަން ޝިޔާން ތާއީދުކުރެއްވީ އެމް.އައި.ޓީ.ޑީ.ސީ އަކީ އުވާލަންޖެހޭ ކުންފުންޏެއްކަމަށް ސަރުކާރަށް ދެންނެވުމަށެވެ. މި މައްސަލައަށް ވޯޓަށް ނައައްސަވާ ކޮމިޓީ ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA