ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީ (އައި.ޓީ.ސީ ދާއިރާގައި ރާއްޖެ އޮތް ޙާލަތު ދެނެގަނެ އެސަސްމެންޓެއް ހެދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި ސަބް ކޮމިޓީ)

ތާރީޚް

27 އޮކްޓޯބަރު 2020 11:30

ނަންބަރު

1

ސަބް-ކޮމިޓީގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ޑެޕިއުޓީ ޑިރެކްޓަރ، އަލްއުސްތާޛާ އަފްޒާލް ޢަބްދުއްސައްތާރު އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްޙަކީމް ހުށަހަޅުއްވާ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާއީދުކުރައްވާފައިވަނީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްޙަކީމްގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްޙަކީމް ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު، ކުރިއަށް ގެންދެވީ ކޮމިޓީގެ މަޤްޞަދު ކަނޑައެޅުމާއި، މަޤްޞަދު ޙާޞިލްކުރުމަށް ކުރެވޭނެ މަސައްކަތުގެ ތާވަލެއް ކަނޑައެޅުމެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA