ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީ (އައި.ޓީ.ސީ ދާއިރާގައި ރާއްޖެ އޮތް ޙާލަތު ދެނެގަނެ އެސަސްމެންޓެއް ހެދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި ސަބް ކޮމިޓީ)

ތާރީޚް

1 ނޮވެމްބަރު 2020 14:00

ނަންބަރު

2

ސަބް-ކޮމިޓީގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. އެގޮތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވެވީ މި މަސައްކަތް އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި އަދި މި މަސައްކަތުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށްޓަކައި އެންމެ ފުރަތަމަ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރާއި އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިސްކޮށް މަސައްކަތްކުރައްވަވާ ޓެކްނިކަލް އޮފިސަރާ ބައްދަލުކުރައްވަވައި މަޝްވަރާކުރެއްވުމަށެވެ. މި ހުށަހެޅުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްޙަކީމް ތާއީދުކުރައްވަވާ ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި މި ކޮމިޓީގެ ހިންގާ ގަވާއިދަކީ މައި ކޮމިޓީގެ ގަވާއިދުކަމާއި، ކޮމިޓީގެ ކޯރަމް އަދި ވޯޓިންގ ކޯރަމަކީ 2 މެންބަރުންކަމުގައި ކޮމިޓީގެ މެންބަރުން އިއްތިފާޤުވެލެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA