ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީ (އައި.ޓީ.ސީ ދާއިރާގައި ރާއްޖެ އޮތް ޙާލަތު ދެނެގަނެ އެސަސްމެންޓެއް ހެދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި ސަބް ކޮމިޓީ)

ސަބް-ކޮމިޓީގެ 04 ވަނަ ބައްދަލުވުން

23 ނޮވެމްބަރު 2020 12:00 ނަންބަރު 4

ޚުލާސާ

މިބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލު ކަނޑައެޅުއްވިއެވެ. އެގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިންސް އެންޑް ކޮމިއުނިކޭޝަންގެ ދާއިރާގައި ދިވެހިރާއްޖެ އޮތް ޙާލަތު ދެނެގަނެ، އެކަމާގުޅޭ އެސަސްމެންޓެއް ހެދުމަށް އެދިވަޑައިގެން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސިޔާސީ މަޤާމުތަކުގައި މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންނާ އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ޓެކްނިކަލް އޮފިސަރާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި ދައުލަތުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޙާލަތު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ހޯއްދެވުމަށް އެ ތަންތަނަށް ސިޓީ ފޮނުއްވުމަށްވެސް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

25 އޮކްޓޯބަރު 2020

"އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިންސް އެންޑް ކޮމިއުނިކޭޝަން" ދާއިރާގައި ދިވެހިރާއްޖެ އޮތް ޙާލަތު ދެނެގަނެ، ކޮމިޓީއިން އެސެސްމެންޓެއް ހެދުމަށް އެދި ހުށަހެޅުއްވި މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA