ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

9 ޖެނުއަރީ 2021 11:30

ނަންބަރު

1

2021 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގޮސްފައިވަނީ، 'ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ޤަވާޢިދު' އިން ބާރުލިބިގެން، ބައެއް ޓޫރިސްޓް ރިސޯޓްތަކުން މޫދަށް ކުނި އަޅަމުންދާ ކަމަށް ބަޔާންކޮށް ކޮމިޓީއަށް ލިބިފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން މި މައްސަލައަށް އެދެވޭ ޙައްލެއް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތިރީގައިވާ އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. 1- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް 2- މިނިސްޓްރީ އޮފް ޓޫރިޒަމް 3- އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ 4- މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓޫރިޒަމް އިންޑަސްޓްރީ 5- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ދިވެހިރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ފަންޑުކުރުމަށް ނިންމަވާފައިވާ ކަމަށް ކޮމިޓީއަށް ލިބިފައިވާ މައުލުމާތާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތިރީގައިވާ އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. 1- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް 2- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް 3- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ 4- ފެނަކަ ކޯޕަރޭޝަން 5- ސްޓެލްކޯ 6- ދާއިރާގެ މާހިރުން

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA