ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

22 އޮކްޓޯބަރު 2019 14:00

ނަންބަރު

38

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 38 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އިން ރާއްޖެއިން ބޭރުން ގޭސް ގަތުމުގައި ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ކުންފުނީގެ ސްޓޯރޭޖް ޗެޕާސިޓީ ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ކުންފުނިން ކުރަން ނިންމަވާފައިވާ އިންވެސްޓްމެންޓްތަކާއި އަދި ކުންފުނިން ގޭސް ޝިޕްމަންޓް ގަންނަ ސަޕްލަޔަރގެ މަޢުލޫމާތާއި ގޭހުގެ އަގުތަކުގެ މަޢުލޫމާތު މެންބަރުންނަށް އެ ކުންފުނީގެ ބޭފުޅުން ދެއްވިއެވެ. ހަމައެއާއެކު ކުންފުނީގެ ފައިނޭންޝަލް ސްޓޭޓްމަންޓްތަކާއި އަދި ކޮމިޓީގައި މެންބަރުން ފާހަގަކުރެއްވި ކަންތައްތަކާ ގުޅޭ މަޢުލޫމާތު ލިޔުމުން ފޮނުއްވައިދެއްވުމަށް ވެސް ކޮމިޓީން އެދިވަޑައިގެންނެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA