ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

28 އޮކްޓޯބަރު 2019 14:00

ނަންބަރު

39

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 39 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ބޮޑު ކަންނެލީގެ އަގު ކޮންޓްރޯލްނުކުރެވޭތީ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަން ޙައްލުކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ކަނޑުއޮތްގިރީގެ މަސައްކަތް ގޮސްފައިވާ ހިސާބާއި އެތަން ހުޅުވޭނެކަމަށް ލަފާކުރާ ތާރީޚާއި މިފްކޯއަށް މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މެންބަރުންނަށް އެބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. އަދި މިފްކޯގެ ބިޒްނަޒް ޑިވެލޮޕމަންޓް ޕްލޭނާއި މިހާރު މިފްކޯގެ ޙާލަތު ރަނގަޅުކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް ދެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA